ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު

ޚިދުމަތްތަކާއި ބެހޭ ލުއި ފޮތް

ގެވެށި އަނިޔާ އަކަށް ވާނެ ޢަމަލުތަކަކީ ކޮބާ؟

  • ބަހުގެ ޙަމަލާ ދިނުން
  • ނަފްސާނީގޮތުން އަނިޔާކުރުން
  • މާލީގޮތުން ދަތިކުރުން
  • ބިރުދެއްކުން
  • މުދަލަށް ގެއްލުންދިނުން
  • ތަނެއްގައި ބަންދުކުރުން
  • ފާރަލުން
  • ގޯނާކުރުން
  • ގެވެށި އަނިޔާގެ މަންޒަރު ކުޑަކުއްޖަކަށް ދެއްކުން
  • ޖިސްމާނީ އަދި ޖިންސީގޮތުން އަނިޔާކުރުން
  • އަމިއްލަ އިޚްތިޔާރުގައި އެއްތަނުން އަނެއް ތަނަށް ގޮސް ނޫޅުވޭނެ ގޮތް ހެދުން
  • މީހެއްގެ މުދާ އެމުދަލުގެ ވެރިފަރާތަށް ބޭނުންނުކުރެވޭ ގޮތަކަށް ގަސްތުގައި ހިފެހެއްޓުން
  • އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އެންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުވުން
  • ޑޮކްޓަރުގެ ލަފަޔާ ޚިލާފަށް، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި، އަނބިމީހާ މާބަނޑުކުރުން
  • މީހެއްގެ އިޚްތިޔާރު އޮތްނަމަ، އެމީހަކު ނުކުރާނެ ކަމެއް، އޭނާ ލައްވާ ގަދަކަމުން ނުވަތަ ބިރުދައްކައިގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން

ގެވެށި ގުޅުމެއް އޮންނާނީ ކޮންބައެއްގެ މެދުގައި؟

  • ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެވަރިކޮށްފައިވާ މީހުން
  • އެއް ގެއެއްގައި އެކުގައި ދިރިއުޅޭ މީހުން ނުވަތަ ވަރަށް ފަހަކާ ޖެހެންދެން އެކުގައި ދިރިއުޅެފައިވާ މީހުން
  • ކުއްޖެއްގެ މައިންބަފައިން ނުވަތަ ކުއްޖަކު ބަލާ ބޮޑުކުރުމުގެ ޒިންމާ ޙަވާލުވެފައިވާ މީހުން
  • ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން އާއިލީ ގުޅުން އުފެދިފައިވާ މީހުން
  • ދަރިން ބެލުމަށް ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށް އުޅޭ މީހުން
  • ޒާތީ ގުޅުމެއް އޮތް މީހުން

ގެވެށި އަނިޔާގެ މައްސަލައެއް ކުރިމަތިވުމުން ކުރެވޭނީ ކޮންކަމެއް؟

  • އަމިއްލަ ރައްކާތެރިކަމަށް ގެއްލުން ލިބޭ ފަދަ ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ ފުލުހުންގެ އެހީ ހޯދުން
  • ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލިބޭ ޙައްޤުތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުން
  • ލިބިފައިވާ އަނިޔާ އާއި ގުޅޭގޮތުން ޞިއްޙީ ފަރުވާ ހޯދުން
  • ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމުގެ އަމުރެއް ހޯދުން
  • ނަފްސާނީ ގޮތުން އެހީތެރިކަން ހޯދުމަށް ކައުންސެލިންގެ ޙިިދުމަތް ހޯދުން
  • މައްސަލަ ރިޕޯޓްކޮށް ދަޢުވާކުރުން
  • މަތީގައިވާ ކަންކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދާނީ:
    • މިނިސްޓްރި އޮފް ލޯ އެންޑް ޖެންޑަރ (24 ގަޑިއިރު) 1412 / 3328393
    • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 3010551
    • ފެމިލީ ލީގަލް ކްލިނިކް 7456570
    • އެފް.ސީ.ޕީ.ޑީ (ޕޮލިސް) 3331510

އަމިއްލަ ރައްކާތެރިކަމަށް ގެއްލުންލިބޭފަދަ ކުއްލި ޙާލަތަކީ ކޮބާ؟

  • ޖިސްމާނީ ނުވަތަ ޖިންސީގޮތުން އަނިޔާއެއް ކުރިމަތިވެދާނެ ޙާލަތެއްގައި ހުރުން
  • ތަނެއްގައި ބަންދުކުރުން
  • އަމިއްލަ ހުއްދައާއި ނުލައި، ދިރިއުޅޭ ތަނަށް އަނިޔާގެ ޢަމަލު ހިންގާމީހާ ވަނުން
  • ބިރުދެއްކުން ނުވަތަ ގޯނާކުރުން ނުވަތަ ފާރަލުން
  • ގަދަކަމުން ނުވަތަ ބިރުދައްކައިގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން އަމިއްލަ އިޚްތިޔާރުގައި ނުކުރާނެކަމެއް ކުރުވަން އުޅުން
  • ދަރިފުޅު ހުރީ އަމިއްލަ ބެލުމުގެ ދަށުގައިނަމަ، ގަދަކަމުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ތިމާއާއި ދަރިފުޅު ވަކިކުރުން
  • މުދަލަށް ގެއްލުންދިނުން
  • މަތީގައިވާ ފަދަ ކުއްލި ޙާލަތެއް ކުރިމަތިވެއްޖެނަމަ އެހީ ހޯދާނީ:
    • މިނިސްޓްރި އޮފް ލޯ އެންޑް ޖެންޑަރ (24 ގަޑިއިރު) 1412
    • އެފް.ސީ.ޕީ.ޑީ (ޕޮލިސް) 119 / 3000600

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލިބޭ ޙައްޤުތަކަކީ ކޮބާ؟

  • ރައްކާތެރިކަމުގެ އަމުރަކަށް އެދުން
  • ޙަޟާނާތުގެ އަމުރަކަށް އެދުން
  • ދިރިއުޅޭނެ ގެއަކާއި ގުޅޭ އަމުރަކަށް އެދުން
  • ފައިސާގެ ބަދަލު ނަގައިދިނުމުގެ އަމުރަކަށް އެދުން
  • ޖިނާޢީ ކުށެއްގެ ދަޢުވާ އުފުލޭނެ ޙާލަތެއްގައި ޖިނާޢީ ދަޢުވާ އުފުލުން
  • މަތީގައިވާ ޙައްޤުތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދާނީ:
    • މިނިސްޓްރި އޮފް ލޯ އެންޑް ޖެންޑަރ (24 ގަޑިއިރު) 1412 / 3328393
    • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 3010551
    • ފެމިލީ ލީގަލް ކްލިކް 7456570

ގެވެށި އަނިޔާގެ މައްސަލައެއް ކުރިމަތިވުމުން މައްސަލައިގެ ބާވަތަށް ބަލައި އެދޭނީ ކޮންކަހަލަ އަމުރަކަށް؟

  • ކުއްލި ޙާލަތެއްގައިނަމަ އެދޭނީ އަވަސް އަމުރަކަށް
  • އެނޫން ޙާލަތްތަކުގައި ރައްކާތެރިކުރުމުގެ އަމުރަކަށް
  • އަމުރަކަށް އެދޭ ހިނދު، އަމިއްލަ މީހާ ނުވަތަ ދަރިއެއް ރައްކާތެރިކުރުމަށްޓަކައި، އެ އަމުރު ނިސްބަތްވާ މީހާގެ މައްޗަށް ޙާއްސަ ޝަރުޠުތަށް ލާޒިމްކުރުމަށްއެދި ރައްކާތެރިކުރުމުގެ އަމުރަކަށް
  • މީގެ ތެރޭގައި ހިމެނޭނީ ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު، ޙަޟާނާތުގެ އަމުރު އަދި / ނުވަތަ ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރު

އަވަސް އަމުރަކަށް އެދެންވީ ކީއްވެ؟

  • ކޯޓުން މައްސަލަ ނިމުމުގެ ކުރިން ތިމާއަށް އެ ޙާލަތުގައި ނުރައްކަލެއް ދިމާވެދާނެ ކަމަށް ފެނުން
  • ތިމާއަށް އިންސާފު ނުލިބިދާނެފަދަ ޙާލަތެއް ކަމަށް ފެނުން
  • ތިމާއަށް އޮތް ނުރައްކާ އިތުރުވެގެން ހިނގައިދާނެ ކަމަށް ފެނުން
  • ތިމާއަކީ ދަތި އުނދަގޫ ޙާލަތެއްގައިވާ މީހެއްކަމުގައިވުން

ރައްކާތެރިކުރުމުގެ އަމުރަކަށް އެދެންވީ ކީއްވެ؟

  • ގެވެށި އަނިޔާގެ ޢަމަލު ތަކުރާރުވެދިޔަ ނުދިނުމައްޓަކައި ގެވެށި އަނިޔާގެ ޢަމަލު އަމާޒުވާ މީހާ ރައްކާތެރިކުރުމަށްޓަކައި
  • ގެވެށި އަނިޔާގެ ޢަމަލު ހިންގަނީ އެހެން މީހަކު މެދުވެރިކޮށްގެން ކަމަށްވާނަމަ، އެ ތިންވަނަ ފަރާތުގެ ކިބައިން ވެސް ރައްކާތެރިވުމަށްޓަކައި
  • މަތީގައިވާ އަމުރުތަކާއިބެހޭ ގޮތުން މަޢުލޫމާތު ހޯދާނީ:
    • ފެމިލީ ކޯޓު 3325502
    • މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (24 ގަޑިއިރު) 1412/ 3328393
    • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 3010551
    • ފެމިލީ ލީގަލް ކްލިނިކް 7456570

ރައްކާތެރިކުރުމުގެ އަމުރަކާއި ޚިލާފުވެއްޖެނަމަ ހަދާނީ ކިހިނެއް؟

  • ފުލުހުންނަށް ރިޕޯޓްކޮށް، ރައްކާތެރިކުރުމުގެ އަމުރުގެ ކޮޕީއެއް ހުށައެޅުން
  • ރައްކާތެރިކުރުމުގެ އަމުރަކާއި ޚިލާފުވެއްޖެނަމަ ގުޅާނީ:
    • އެ.ފް.ސީ.ޕީ.ޑީ (ޕޮލިސް) 119/ 3000600

ޞިއްޙީ ފަރުވާ ހޯދުމަށް އެދެވިގެންވަނީ ކޮން ޙާލަތްތަކެއްގައި؟

  • ޑޮކްޓަރުގެ ލަފަޔާ ޙިލާފަށް، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި، އަނބިމީހާ މާބަނޑުކުރުން ނުވަތަ ކުރަން އުޅުން
  • ޖިސްމާނީ އަނިޔާ ލިބުން
  • އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ނުރުހުމުގައި އޭނާ މާބަނޑުކުރުވުން ނުވަތަ ކުރަން އުޅުން
  • ޖިންސީ ގޮތުން އަނިޔާ ލިބުން
  • ޞިއްޙީ ފަރުވާ ހޯދާނީ:
    • ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން
    • ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އައި.ޖީ.އެމް.އެޗް.) 3335147

ނަފްސާނީ ގޮތުން ލިބޭނެ އެހީތަކަކީ ކޮބާ؟

  • ކައުންސެލިންގ
  • ނަފްސާނީ ގޮތުން ޙާލަތާ ކުރިމަތިލާނެ މަގު ދައްކައިދިނުން
  • ގެވެށި އަނިޔާގެ ސަބަބުން ދަރިންނަށް ކޮށްފާނެ ނުވަތަ ކުރަމުންދާނެ އަސަރުތައް ދެނެގަނެ އެއާމެދު ޢަމަލުކުރާނެ ގޮތުގެ މަގު ދައްކައިދިނުން
  • މައްސަލަ ޙައްލުކުރުމަށް މަގު ދައްކައިދިނުން
  • ނަފްސާނީ ގޮތުން އެހީތެރިކަން ހޯދާނީ:
    • މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (24 ގަޑިއިރު) 1412/ 3328393
    • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 3010551
    • ޝީ 3318804
    • ވިކްޓިމް ސަޕޯޓް ޔުނިޓް، އެފް.ސީ.ޕީ.ޑީ (ޕޮލިސް) 9770646

ގެވެށި އަނިޔާގެ މައްސަލައެއް ތަހުޤީޤުކޮށް ޖިނާޢީގޮތުން ދަޢުވާ ކުރާނީ ކޮން ޙާލަތެއްގައި؟

  • ގެވެށި އަނިޔާގެ ޢަމަލެއްނަމަވެސް، އެހެން ޤާނޫނަކުން، އެ ޢަމަލަކީ ޖިނާއީ ކުށެއް ކަމުގައި ބަޔާންވެފައިވުން
  • ރައްކާތެރިކަމުގެ އަމުރަކާ ޚިލާފުވުން
  • މައްސަލަ ތަހުޤީޤުކުރުމަށް އެދި ހުށައަޅާނީ:
    • އެފް.ސީ.ޕީ.ޑީ. ނުވަތަ ޕޮލިސް 119 / 3000600

ގެވެށި އަނިޔާގެ ޢަމަލެއް ރިޕޯޓުކުރެވޭނީ ކޮންބަޔަކަށް؟

  • އަނިޔާ ލިބޭ މީހާ
  • ޢަމަލު ހިނގާތަން ފެންނަ މީހާ
  • އަނިޔާ ލިބޭ މީހާގެ ޢާއިލާ މީހެއް
  • އަނިޔާ ލިބޭ މީހާގެ ރަޙްމަތްތެރިއެއް
  • އަނިޔާ ލިބުނީ ކުޑަކުއްޖަކަށްނަމަ، އެ ކުއްޖެއްގެ މަންމަ، ބައްޕަ، ބެލެނިވެރިޔާ، ނުވަތަ ތިމާގެ މީހެއް
  • ގެވެށި އަނިޔާގެ ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތު ލިބިފައިވާ ކޮންމެ މީހެއް
  • މަތީގައިވާ ކަންކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދާނީ:
    • މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (24 ގަޑިއިރި) 1412/ 3328392
    • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 3010551
    • އެފް.ސީ.ޕީ.ޑީ. (ޕޮލިސް) 119/ 3000600